ނައިބު ރައީސް ފައިސަލްވެސް އެންމެފަހުން ގާސިމާއި ދެކޮޅަށް؟
އަންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ފޮަނަދޫ ދާއިރާއަށާއި ގަމު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ނުސީދާގޮތުން ގާސިމާއި ދެކޮޅު ހައްދަވައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ދާއިރާއަށްވެސް ޖުމްހޫރީ ޕާޓީ އަދި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކެނޑިޑޭޓުން ވާދަކުރެއެވެ.
ރޭ ބޭއްވި ގަމު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް މުހަައްމަދު ވިސާމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންނަށް މި ސަރުކާރުގެ ފަރާތުން ވީ ވައުދުތައް ފުއްދުމަށްޓަކައި، ރައީސް ސޯލިހަށް ތާއިދުކުރައްވާ ކެނޑިޑޭޓުން މަޖިލީހަށް ހޮވަންޖެހޭނެކަމަށެވެ.
އަދި ވަކި ޕާޓީއެއް ބެލުމެއްނެތި ހެޔޮކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ނައިބު ރައީސް އިތުރަށް ވިދާޅުވީ ނުރަނގަޅު އެއްޗެއް އެއީ ރަނގަޅު އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށެވެ.
"ހުޅުތަކުގައާއި ހަށިގަނޑުގައި އަދިވެސް އެ ވޭން އެބަހުރި ، ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ރައީސް ޔާމީންގެ ވެރިކަން ރައްޔިތުން ބަދަލުކުރަން ވޯޓު ދިނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު ގިނަ ކަންތައްތަކެއް ބޭނުންވާތީ" ނައިބު ރައީސް ފައިސަލް ބަޔާންކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް