ބްރިޖްއަށް 1 އަހަރު: އެނުއަލް އިންސްޕެކްޝަންއަށް މާދަމާ ބްރިޖް ބަނދުކުރަނީ!
މާލެ ސިނަމާލެ ބުރިޖު ބޭނުންކުރާތާ 1 އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަންއެއް ހެދުމަށްޓަކައި ބްރިޖް ބަންދުކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެގޮތުން ބުރިޖުގެ މާލެ އިން ހުޅުލެއަށް ދާ 2 ލޭން ބަންދު ކުރުމަށް ހަމަޖެހިފައިވަނީ 30، 31 އޮގަސްޓާއި 06 ސެޕްޓެމްބަރު ގެ ހެނދުނު 8 ން މެންދުރު 2 ޖަހަންދެންކަމަށް ޓްރާންސްޕޯޓުން މައުލޫމާތު ދެއްވައެވެ.
ބުރިޖު ބަންދުކުރެވޭ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް މި ލޭން އިން ދުއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ 30 އޮގަސްޓް އަކީ ސިނަމާލެ ބްރިޖް ރަސްމީކޮށް ބޭނުންކުރަން ފެށިތާ އެއްއަހަރު ވާދުވަހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް