ވަގުތީ ހިޔާތަކުގައި ތިބި މީހުން އެމީހުންގެ ގެއަށް ބަދަލުކޮށްފި
ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ވަގުތީ ހިޔާގައި ތިބި ބައެއް މީހުން އެމީހުން ދިރިއުޅޭ ގެތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއިން ބުނީ ވަގުތީ ހިޔާގައި އުޅޭ މީހުންގެ ތެރެއިން ވހަ ގެއެއްގެ މީހުން އެމީހުންގެ ގެތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ގެތަކަށް އެ މީހުން ބަދަލު ކޮށްފައިވަނީ އެގެތަކުގެ ހާލަތު ބެލުމަށްފަހުގައި ކަަމަށްވެސް ޑިޒާސްޓަރއިން ހާމަކުރެއެވެ.
ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ނުރައްކާތެރި ހާދިސާގައި އެކަކު ނިޔާވިއިރު، 400އެއްހާ މީހުންނަށް ގެއްލުން ލިބުނެވެ.
ސަރުކާރުން ވަނީ އެ ހާދިސާގައި ގެއްލުންވި މީހުންނަށް ލިބުނު ގެއްލުމުގެ 20 އިންސައްތަ ހަރަދު ސަރުކާރުން ދޭނެ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް