ބައެއް ފިހާރަތަކުން މިނަރަލް ވޯޓާ ވިއްކުން ކޮންޓްރޯލްކޮށްފި
ވެރިރަށް މާލޭގެ ބައެއް ފިހާރަތަކުން ބޯފެން ވިއްކުން ކޮންޓްރޯލްކޮށްފިއެެވެ.
ފިހާރަތަކުން މިގޮތަށް އަމަލުކުރަން ފަށާފައި މިވަނީ މިދުވަސްކޮޅު ފެނަށް ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި މާކެޓްގައި ވިއްކާ ބައެއް ބްރޭންޑްތަކުގެ ފެން މި ދުވަސްކޮޅު މާކެޓަށް ނެރުމުގައި ލަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މި ދުވަސްކޮޅު މާލޭގެ ގިނަ ފިހާރަތަކުން 5 ލީޓަރުގެ މިނަރަލް ވޯޓާ ފެން އެއްކޮށް ހުސްވެފައިވާއިރު 1.5 ލީޓަރުގެ ފެން ފުޅި ވެސް ވިއްކަނީ ކޮންޓްރޯލްކޮށްގެންނެވެ.
ވެރިރަށް މާލޭގެ ގެތަކަށް ސަޕްލައި ފެން ލިބެމުން ދިޔަ ނަމަވެސް ގިނަ ދިވެހިން އަދިވެސް ކެއްކުމަށާއި ބުއިމަށް ބޭނުންކުރަނީ މިނަރަލް ވޯޓާއެވެ.
މި ދުވަސްކޮޅަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ދުވަސްކޮޅެކެވެ. އެގޮތުން ބައެއް ދުވަސްތަކުގައި ފިނިހޫނުމިން 33 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް