އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި
އެމްއެމްޕީއާރްސީގެ ކުރީގެ މެެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފިއެވެ.
އެނގިފައިވާގޮތުގައި ޒިޔަތު މިއަދުގެ ވަގުތެއްގައި ގޭބަންދަށް ބަދަލުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓައެވެ.
މީގެ ދެމަހެއްހާ ދުވަހުގެ ކުރިން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތަށް ކޮށްފައިވާ އަށް އަހަރުގެ ޖަލުހުކުމް، ހައިކޯޓުން ވަނީ ދަމަހައްޓާފައެވެ.
ހައްޔަރުގައި ހުންނަވަނިކޮށް ނެރުނު ބަޔާނެއްގައި ޒިޔަތު ވިދާޅުވީ ފިނިފެންމާ ލޯންޗުގެ ހާދިސާއަށްފަހު ކުރީގެ ރައީސް ޔާމީނުއާއި ކުރީގެ ނައިބު ރައީސް އަދީބު އާއި ޖެހުނު މައްސަލައިގައި އެބޭފުޅާ ރައީސް އޮފީހަށް ޙާޟިރުކޮށް އަދީބުއާއި ދެކޮޅަށް ބަޔާންތަކެއް ދިނުމަށް ރައީސް ޔާމީން އެންގެވިކަމަށެވެ.
ނަމަވެސް އެގޮތަށް އަމަލުކުރުމަށް ދެކޮޅު ހެދުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކުރީ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް