ފުވައްމުލަކުގައި މޫދަށް އެރިއުޅުނު ޒުވާނެއް ގެނބިގެން ނިޔާވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފުވައްމުލަކުގައި މޫދަށް އެރިއުޅުނު ޒުވާން ފިރިހެނެއް ގެނބިގެން ނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން މަޢުލޫމާތު ދެއްވަމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޔާވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އެ ސިޓީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް އެ އޮފީހަށް ލިބުނީ މިއަދު ހެނދުނު 7:30 ކަންހާއިރު ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް