ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅަނީ
ޒިކުރާ މިސްކިތްހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ ހުއްދަހޯދުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އެސްޖޭ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަންނަ ރަމަޟާން މަހު ޒިކްރާ މިސްކިތް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެކުންފުނީގެ އަމިއްލަ ހަރަދުގައި، އެބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ ހުއްދައަކަށް އެދިފައިވާކަމަށެވެ.
މިސްކިތުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، އެމިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެއެވެ.
އެސްޖޭ ކުންފުނިން ވަނީ ޒިކުރާ މިސްކިތްހުރި ބުމުގައި ދިހަ ބުރީގެ މިސްކިތެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެކު 130 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދާފައެވެ.
ނަމަވެސް މި ސަރުކާރުން އެއްބަސްވުން އުވާލުމާއި ގުޅިގެން އެކުންފުނި ދަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓުން ބޭރުން ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް