ހޯމް މިނިސްޓަރު އިހުސާން
ހޯމް މިނިސްޓަރު އިހުސާން
ހަބަރު 15 Jan 2025 | 12:42

ދާހިލީ ވަޒީރު އަލީ އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ!

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމަށްފަހު މިގޮތަށް ނިންމާފައިވަނީ، އައިޑީކާޑު ޔުނިޓް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާތަކެއް ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުންތަކެއް އޮޅުވާލައިގެން ވެއްދި މައްސަލާގައެވެ.

މި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން މިނިސްޓަރު އިހުސާނުގެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލާފައެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަނޫން ފޯމްތަކެއް ފުރުމަށްފަހު އިލެކްޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެކަން ކުރިކަމަށް އިލެކްޝަނުގެ ބަހުންނާއި، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ވަނީ ޝައްކެއްނެތް މިންވަރަށް އޮޅުންފިލާފައި ކަމަށެވެ.

އެމްޑީޕީން ބުނީ، މިކަން ހިނގާދިޔައީ އެކިފަރާތްތަކުން ހުށަހަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެޕާޓީގައި ނެތުމުގެ ސަބަބުން ކަމަށް ޕީއެންސީން ބުނިނަމަވެސް މިކަމަކީ ގަސްދުގައި ރާވައިގެން ހިންގި ޖަރީމާއެއްކަން މިހާރު ހާމަވެފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. އެމްޑީޕީން ބުނީ މިކަން ކުރުމުގައި ދާހިލީވަޒީރު އިސްދައުރެއް އަދާކޮށްފައިވާތީ އެޕާޓީގެ ފަރާތުން އެކަން ނިހާޔަތަށް ކުށްވެރިކުރާ ކަމަށާއި، ވަޒީރުންނަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ﷲ ގަންދީ ހުވައެއްކޮށްގެން ތިބި ބަޔަކަށްވާއިރު، މިއީ އެކިކަންކަމަށް ސަރުކާރަށް ލިޔެކިޔުން ހުށަހަޅާ ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގައި މިނިސްޓަރު އިހުސާނުގެ ބައިވެރިވުން އޮތްކަމީ ވަޒީރު ކުރެއްވި ހުވަޔާވެސް ހިލާފް އަމަލެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާ މަންޒަރުތަކަށް ބަލާއިރު އައިޑީކާޑު ޔުނިޓުގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން އެކަންކޮށްފައިވަނީ ސީދާ މިނިސްޓަރު އިހުސާނުގެ ބެއްލެވުމުގެ ދަށުންކަން އެމްޑީޕީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީން ވަނީ މިނިސްޓަރު އިހުސާނުގެ މި މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެ މައްސަލަ ބެލުމަކީ މުސްތަހީލް ކަމަކަށްވާތީވެ، މައްސަލައިގެ މިނިވަން އިންސާފުވެރި ތަހުގީގެއްކުރުމަށް މިނިސްޓަރު މަގާމުން ވަކިކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކިބަޔަކަށް މަންފާއެއް ހޯދައިނުމަށް ކޮށްފައިވާ ކަމަކަށްވާތީވެ އެމްޑީޕީން ވަނީ އޭސީސީއަށްވެސް މިނިސްޓަރު އިހުސާނުގެ މައްސަލަ ބަލައިދިނުމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...