ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިނާވެށި ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިނާވެށި ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީއާއި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްސީ) އިންނެވެ.
މި ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން ހުޅުމާލޭ ފޭސް ތިނެއްގެ ކަރަންޓު ނެޓްވޯކުގުގެ މަސައްކަތް ފުރިހަމަވެގެން ދާނެއެވެ.
މީގެ އިތުރުން، ހުޅުމާލޭ ފޭސް 3 ގައި ޖީޕޮން ނެޓްވޯކެއްވެސް މި އެއްބަސްވުމުގެ ދަށުން އެޅިގެންދާނެއެވެ.
ހުޅުމާލޭ ފޭސް 3ގެ މަގުތައްވެސް މި އެއްބަސްވުމުގެ ދަށުން އިތުރަށް ތަރައްގީ ކުރެވިގެންދާއިރު، މި ތަރައްގީގެ ސަބަބުން އެކިއެކި އަލިފާނުގެ ހާދިސާއިންނާއި، ފެނާއި ނަރުދަމާގެ ނިޒާމުވެސް އިތުރަށް ފުރިހަމަވެގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް