N/A
N/A
ހަބަރު 13 Jul 2019 | 05:59

އިންސްޓެގްރާމް މިފަހަރު ހަނގާ ކުރުމާއި ދެކޮޅަށް!

އިންޓަރނެޓަކީ މީގެ އަހަރުތަކެއް ކުރިއާއި އަޅާ ކިޔާލާއިރު މިހާރު ވަރަށް ތަފާތު އެއްޗަކަށް ވެއްޖެއެވެ.

އިންޓަރނެޓް މެދުވެރިކޮށް ބޭނުން ކުރެވޭ މީސްމީޑިއާގެ އެކި ވަސީލަތްތައް އިތުރުވެ، މީހުންނަށް މަލާމަތް ކުރުމާއި ބުލީ ކުރުން މިވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. އިންޓަރނެޓަށް ލޮގިންވާ ކޮންމެ ފަހަރަކު އެފަދަ ކަމަކާއި ކުރިމަތިލައި، ނުވަތަ އެފަދަ ކަމެއް އެހެން މީހަކަށް ކުރިމަތިވާ މަންޒަރު ނުފެނި ދާނީ ވަރަށް މަދު ފަހަރެއްގައެވެ. ބުލީގެ ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި އެންމެ މަޝްހޫރު ސެލެބްރިޓީންވެސް ހިމެނެއެވެ.

ބުލީ ކުރުން އެންމެ ބޮޑަށް އާއްމުވެފައިވަނީ އިންސްޓެގްރާމްގައެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން އިންސްޓެގްރާމް ބޭނުންކުރާ މީހުން ބުލީގެ ޝިކާރައަކަށް ވާލެއް ގިނަކަމުން، އެންމެ ގިނަ ބަޔަކަށް އެންމެ ކަމުނުދާ އެޕަށް އިންސްޓެގްރާމް ވަނީ ވެފައެވެ. އެގޮތުން، އެންމެ މަޝްހޫރު ފަސް އެޕްގެ ތެރެއިން( ފޭސްބުކް، ސްނެޕްޗެޓް، ޓްވިޓަރ ހިމެނޭގޮތަށް) އެންމެ ގިނަ ބަޔަކަށް ކަމުނުދާ އެޕަކަށް ހޮވިފައިވަނީވެސް އިންސްޓެގްރާމްއެވެ.

އެކަމާއި ގުޅިގެން ފޮޓޯ ޝެއާ ކުރެވޭ އިންސްޓެގްރާމްއިން ދާދި ފަހުން މިވަނީ މުޅިން އާ ފީޗަރއެއް އީޖާދު ކޮށްފައެވެ. އެ ފީޗާގެ މަގްސަދަކީ އިންސްޓެގްރާމް އަކީ ނެގެޓިވިޓީއާއި ދުރު އަދި ވީހާވެސް ޕޮޒިޓިވް އެއްޗެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.

އެގޮތުން އިންސްޓެގްރާމްއިން ލޯންޗުކުރި "އެންޓި-ބުލީން ޓޫލް" އަކީ މީހަކަށް ނިސްބަތްކޮށް މަލާމާތުގެ ބަހެއް، ނުވަތަ ނަފްރަތުގެ ބަހެއް ބުނުމުގެ ކުރިން އެކަމާއި މެދު ވިސްނުމަށް އެދޭ ފީޗާއެކެވެ. އެފަދަ ކޮމެންޓެއް ކުރުމުގެ ކުރިން، ހަމަ ހަގީގަތުގައިވެސް އެ ކޮމެންޓް ކުރަން ބޭނުންތޯ އިންސްޓެގްރާމްއިން ސުވާލު ކުރާނެއެވެ.

"ރެސްޓްރިކްޓް" ކިޔާ މި ފީޗާގައި ވާގޮތަކީ "ޔޫ އަރ ސޯ އަގްލީ" އެފަދަ ކޮމެންޓެއް ކުރަން އުޅުމުން، އިންސްޓެގްރާމްގެ އާޓިފިޝަލް އިންޓެލިޖެންސުން އެކޮމެންޓް ދެނެގަންނަނީއެވެ.

"އާ ޔޫ ޝުއަރ ޔޫ ވޯންޓު ޕޯސްޓް ދިސް ކޮމެންޓް؟" އެފަދަ ކޮމެންޓެއް ކުރަން އުޅެފިނަމަ އެ ސުވާލު ކުރިމަތިވާނެއެވެ.

ބުލީ ކުރުމާއި ދެކޮޅަށް އިންސްޓެގްރާމްއިން ލޯންޗުކުރި އާ ފީޗާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެހެނީ މީހުންނަށް ފުރައްސާރަ ކުރުމުގެ ކުރިން އެކަން ކުރަން ބޭނުންތޯ އެހުމަކީ އެކަމުގެ ސަބަބުން އެފަދަ ކޮމެންޓެއް ކުރަން އުޅޭ މީހާގެ ވިސްނުން ބަދަލުވާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...