ދޫނި ކޮށްޓެއްގައި ދެ މީހަކު ބަންދު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބަޔަކު މީހުން ވެގެން ދެ މީހަކު ދޫނިކޮށްޓަކަށްލައި ބަންދުކޮށްފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ދޫނިކޮށްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކޮށްފައިވާ ވީޑިއޯތަކެއް މީސްމީޑިއާގައި ރޭ ވަނީ ދައުރުވެފައެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުން، ދެ މީހުން ގަމީސް ބާލުވައި، ބޮޑު ދޫނިކޮށްޓެއްގެ ތެރޭގައި ބަންދުކޮށް، ކޮށީގެ ބޭރުގައި ހުރި މީހަކު ކޮށި ތެރެއަށް ފެންޖަހަން ހުއްޓެވެ.
އަދި ވީޑިއޯކުރި ފަރާތުން ކޮށީގައި ތިބި މީހުންނާއި ދިމާއަށް 39،000ރ.ގެ ވާހަކަ ބުނާ އަޑު އިވޭއިރު، ކޮށީގައި ހުރި މީހުންގެ ތެރެއިން އެކަކު ލާރި ހޯދަދޭނެ ކަމުގެ ޔަގީންކަން ދެމުން އެކަމަށް ކުޑަ ވަގުތު ކޮޅެއް ދޭން އެދިފައިވެއެވެ.
މި ވީޑިއޯ އާއި ގުޅިގެން އާންމުން އަންނަނީ ކަންބޮޑުވުންފާޅުކޮށް އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ގޮވާލަމުންނެވެ.
އެ ވީޑިއޯތައް ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް