އަންހެނަކާއި ކުއްޖަކު އުޅޭ ގެއެއްގައި ފެންބޮޑުވުމުން، ފެން ހިއްކައިދޭން ނުކުތީ ފުލުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ގެއެއްގައި ފެންބޮޑުވެގެން އެހީއަށް އެދުމުން، އެގޭގައި ފެންހިއްކައިދީ ފުލުހުން ދެއްކި ނަމޫނާއަށް ގިނަ ބައެއްގެ ތައުރީފް އޮހެން ފަށައިފިއެވެ.
ފުލުހުން މިއަދު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގައި، ރޭގެ ދަންވަރު ވަގުތު، އަންހެނަކާއި ކުޑަކުއްޖަކު އުޅޭ ގެއަކުން އެ ގޭގައި ފެންބޮޑުވެގެން ގުޅާފައި ފުލުހުންގެ އެހީއަށް އެދިފައިވާ ކަމަށެވެ.

އެއާއެކު، ހުޅުމާލެ ފޭސް 1 ޕޮލިސްގެ ބްރާވޯ ޝިފްޓުން އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، އެ ގެއިން ފެން ހިއްކައިދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ޕޯސްޓާއެކު ފެން ހިއްކުމުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ ފޮޓޯވެސް ހިއްސާކޮށްފައިވާއިރު، ފޮަޓޯ އިން ފެންނަގޮތުން، ވިއްސާރައިގެ ސަބަބުން އެ ގެއަށް އެއްކޮށް ވަނީ ފެންވަދެފައެވެ. އެގޮތުން، ގޭގެ ކޮޓަރިއާއި ސިޓިން ރޫމްގައިވެސް ފައިގެ ތަނބިކަށިން މައްޗަށް ފެންބޮޑުވެފައި ހުއްޓެވެ.
ދަންވަރުގަޑީގައި ނުކުމެ، ގޭގެ ފެން ހިއްކުމަށް ފުލުހުން ކޮށްފައިވާ ނަމޫނާ މަސައްކަތަށް ގިނަ ބައެއް ވަނީ ތަޢުރީފް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް