އަދީބުގެ ފަރުވާގެ ކަންތައްތައް ދައުލަތުން ބަލަހައްޓާނެ: ޝައިޚް އިމްރާން
ހަމަޖެހިފައިވާ އުސޫލުގެ ދަށުން ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރުވާގެ ކަންތައްތައް ބަލަހައްޓާނެކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ގޭބަންދުގައި ހުންނެވި އަދީބު، އަނބުރާ ޖަލަށް ގެންދެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެކަމަށާއި އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްގު، ގާނޫނާއި ހިލާފަށް މި ސަރުކާރުން ނުހިފަހައްޓާނެކަމަށެވެ.
ޝައިޚް އިމްރާން ވަނީ އަދީބު ގޭގައި ބަހައްޓަން ޑޮކްޓަރުން ލަފާދެއްވީ 24 އޮކްޓޫބަރު 2018 އިން ފެށިގެން ދެ މަހުގެ މުއްދަތަކަށްކަން ފާހަގަކުރައްވާފައެވެ.
އަދި އޭގެ ފަހުން އެ މުއްދަތު އިތުރުކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިނުވާކަންވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް