ޖަންނަތުގެ މަންޒަރެއް
ޖަންނަތުގެ މަންޒަރެއް
ލައިފްސްޓައިލް 05 Jul 2026 | 13:00

ޖަންނަތުގެ އާ ޓްރެއިލާ، ފަނޑިޔާރު މަނިކުފާނުގެ ނިޔާ ޝަރަފާ އެއްކޮޅަށް އަތުވެދާނެބާ؟

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޑާކްރެއިނުން ސިނަމާއަށް ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖަންނަތު"ގެ ފުރަތަމަ ފެނިލުމާއެކުވެސް އެނގިގެންދިޔައީ މި ފިލްމަކީ މީގެކުރިން ޑާކްރެއިނުން މިހާތަނަށް ނެރޭނޭ އެންމެ ތަފާތު އެއް ފިލްމު ކަމެވެ. ކުޑަ އަންހެން ކުއްޖަކާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހަކު ހިނގާފައިދާ މަންޒަރު ފެންނަ ޖަންނަތުގެ ފުރަތަމަ ފެނިލުމަށްވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ޑާކްރެއިނުން މިއަދު ވަނީ ޖަންނަތުގެ ދެވަނަ ޓްރެއިލާ ނެރެފައެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޝަރީއަތުގެ މަޖިލީހެކެވެ. ފަނޑިޔާރު މަނިކުފާނުގެ ކުރިފުޅުމަތީގައި ނިޔާ އިއްވަން ހަމަޖެހިފައި އެވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ބައްޕައާ އެ ކުއްޖާ ހަވާލުކުރާނީތޯ ނުވަތަ ނޫންތޯއެވެ. ކޮންމެގޮތެއްވިއަސް ފަނޑިޔާރު މަނިކްފާނު އިއްވަވާ ނިޔާ އެންމެ އަވަހަށްވެސް އެނގިގެންދާނީ އަންނަ އޮގަސްޓްމަހުގެ ތިންވަނަ ދުވަހުއެވެ.

ޖަންނަތުގެ ދެވަނަ ޓްރެއިލާ

ފިލްމާމެދު އޮތް ޝައުގުވެރިކަން އިތުރުވެގެން ދިޔަ އެއް ސަބަބަކީ ޝަރަފްއާ ދެކޮޅަށް ވަކީލެއްގެ ގޮތުގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެން ދިއުމުންނެވެ.

އަންނަ އޮގަސްޓްމަހުގެ 3 ވަނަ ދުވަހު "ޖަންނަތު" ރިލީޒް ކުރުމަށް ނިންމާފައިވާއިރު މިހާރު އެ ފިލްމުގެ ޓިކެޓް ބުކިން ހެދުމުގެ ކަންކަން ދަނީ ކުރިއަށެވެ. ޖަންނަތުގެ ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން ފިލްމް ބެލުމަށް ބޭނުންވާ ތާރީހައި، ބޭނުންވާ ޝިޓް އަދަދާއި ގުޅޭނޭ ނަމްބަރު ޖެހުމަށްފަހު، 9911229 އަށް ވައިބާކޮށްލުމުން ޓިކެޓް ބުކްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

ޖަންނަތު މި ފިލްމަކީ އަހުމަދު ޠަލާލް އަދި އާއިޝަތު ފުއާދުގެ ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށް އަލީ ޝިފާޢު ޑައިރެކްޓްކުރާ ފިލްމެކެވެ. ޓީޒާއަށް ބަލާލުމުން މިއީ މިއަހަރުގެ ތެރޭގައި ދިވެހި ސިނަމާއިން ފެނިގެންދާނޭ ތަފާތު ފިލްމަކަށް ވެގެންދާނޭކަމަށް މިހާރު ވަނީ ޔަގީންވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް