N/A
N/A
ހަބަރު 25 Nov 2019 | 17:15

ރައީސް ޔާމީން ޖަލަށްލާނެކަން ގާތްގަނޑަކަށް ޔަގީން!

ރާއްޖޭގެ ރައްޔިތުންގެ ލޯ މިވަގުތު ހުއްޓިފައިވަނީ މިހަފްތާގެ އެންމެ ފަހު ނުވަތަ 28 ވާ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާނެ ހުކުމަކަށެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރާނެ ހުކުމެއްގެ ވާހަކަ ދެގޮތަކަށް ދައްކައި އުޅެއެވެ. އެއްގޮތަކީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލަށް ލާން ހުކުމް ކުރާނެ ކަމަށެވެ. އަނެއްބަޔަކު ކިޔަނީ ކޯޓުން އެމައްސަލަ ސާބިތު ނުވާކަމަށް ނިންމާނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިގަމުންދާ ޝަރީއަތަކީ މުޅި ރާއްޖެ އެޝަރީއަތަކަށް ނަޒަރު ހުއްޓިފައިވާ ޝަރީއަތެކެވެ. ޚާއްސަކޮށް ރާއްޖޭގައި ހިންގާފައިވާ އެހެން ޝަރީއަތްތަކާ ޚިލާފަށް މިޝަރީއަތަކީ ރާއްޖޭގެ ރައީސްކަން ކުރިމީހަކާގުޅޭގޮތުން ދިވެހި ރައްޔިތުންނަށް ފެންނަގޮތަށް ޓީވީން ވަގުތުން ލައިވްކޮށް ދައްކަމުންދާ ޝަރީއަތަކަށްވެ، އަދި މިއީ އެމްއެމްޕީއާރްސީގައި ހިންގާފައިވާ ބޮޑު ވައްކަން ރަނގަޅަށް ފަޅާއަރައި އޭގެ މައި މޫތައް ލުހިގެންދާނެ ފަދަ ވަރުގަދަ ޝަރީއަތެއްކަމަށް ސިފަކުރެވިފައި އޮތުމުންނެވެ.

ރައީސް އަބްދުﷲ ޔާމީން މިޝަރީއަތާ ކުރިމަތިލެއްވީ ރާއްޖޭގެ އެއްވެސް ރައީސަކު ދައްކަވާފައިނުވާ ނަމޫނާއެއް ދައްކަވާފައެވެ. ކުށެއް ކުރައްވާފައިނުވާނެކަމަށާއި ޝަރީއަތާއި ކުރިމަތިލައްވަން އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތްކަމަށް އާރާއި ބާރުގައި ހުންނަވައިގެންވެސް ވިދާޅުވަމުންގޮސްފައިވާތިއެވެ.

އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅުނީ ރައީސްކަމުގެ މުއްދަތު ނުނިމެނީސް ގައުމު ދޫކޮށް އެހެން ލީޑަރުން ވަޑައިގެންނެވިފަދައިން ޝަރީއަތާ ކުރިމަތި ނުލުމަށްޓަކައި ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެންފާނެތީއެވެ. އެހެންވީމާ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ހޮވުނުފަހުން އެމަނިކުފާނުގެ ޕާޓީން ދިޔައީ ޔާމީން ބޯކޮޅު ރަނގަޅަށް ބަލަމުންނެވެ. ފިއްލަވައިގެން ވަޑައިގެންފާނެތީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ވާދަވެރިން ޝަރީއަތަށް ހުށަހެޅި އަދަބު ލިބިފައިވުމާއެކު ވެރިކަން ނިމުމުން ޝަރީއަތާ ޔާމީން ކުރިމަތިލާންޖެހޭނެކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ. އެކަންހިގީ އެގޮތަށެވެ. ވެރިކަން ނިމުމާއެކު ދެން އައި އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ މުދަލެއް ( ރައީސް އިބްރާހިމް ނާސިރްގެ މުދާ ރައީސް މައުމޫންގެ ސަރުކާރުން ހިފެހެއްޓިގޮތަށް) ހިފަހައްޓައި ދައުލަތުގެ ކޮންޓްރޯލްގެ ދަށަށްގެނެސް އިންތިޚާބެއްގައި ވާދަކުރުވިޔަނުދޭން، ޖަލަށްލައި، އޭގެފަހުން ތަހްގީގެއް ހިންގައި ކްރިމިނަލް ކޯޓްގައި ޝަރީއަތްވެސް ކުރިއަށް ގެންގޮސްފިއެވެ.

މިޝަރީއަތް ޓީވީން ލައިވްކޮށް ދައްކާގޮތަށް ސަރުކާރުގެ ނުފޫޒުން ނިންމީ ޔާމީން ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ރަނގޅަށް ފަޟީހަތްކުރުމުގެ ފުރުސަތަކަށް ވުމުންނެވެ. އެކަމަކު ޝަރީއަތުގެ އެޕިސޯޑްތައް ހިގައި ނިމުނުއިރު ޔާމީންގެ މައްޗަށް އުފުލާފައިވަނީ ވަރަށް ދެކޮޅު ނުޖެހޭ، އަދި ސާބިތުކުރެވޭވަރަށްވުރެ ބަލިކަށި ދައުވާއެއްކަން ރައްޔިތުންނަށް އެގިގެންދިއުމުން އެއްބަޔަކު ސިފަކުރަނީ ސަރުކާރުގެ އަތަށް ގޮވީކަމަށެވެ. ލައިވްކުރުން އެއީ ސަރުކާރަށް އެޅުނު އެންމެ ބޮޑު ޅައެތި ކަމަށެވެ. އަދި ހިއްވަރާއެކު ޝަރީއަތުގެ މަޖިލީހަށް ވަޑައިގެން އަމިއްލަފުޅު ކުށެއްނެތްކަން ސާބިތުކޮށްދެއްވުމަށް ރައީސް ޔާމީން ދައްކާފައިވާ ހުއްޖަތުވެގެން ގޮސްފައިވަނީ އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ކުރިމަތީގައި ގަދަރު އުފުލިގެންދިޔަ ކަމަކަށެވެ.

މިހާތަނަށް އެމަނިކުފާނު ދައްކަވާފައިވާ ޑިސިޕްލިންއަކީވެސް ޝަރީއަތެއްގައި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދާއަޅާ ބަލާއިރު ނަމޫނާ ޑިސިޕްލިންއެކެވެ. ހަމަހިމޭންކަމާއެކު ޝަރީއަތުގައި އިންނަވައި ދިފާއުގައި އަމިއްލަފުޅަށް ތެދުވެވަޑައިގެން ކޯޓްގެ ހުރުމަތްކަޑައިނުލައި ވާހަކަފުޅު ދައްކަވާފައިވާތީއެވެ.

މައްސަލަބަލާ ދެފަނޑިޔާރުންގެ ޑްރާމާ

ކޮންމެއަކަސް ޝަރީއަތުގެ ހުކުމަކާހަމައަށް އައިއިރު އަބްދުﷲ ޔާމީން ކުށުން ބަރީއަވެދާނެކަމުގެ މަންޒަރުތައް ސިފަވާންފެށުމުން އެކަމަށް ހުރަސްއެޅުމުގެ ވަރުގަދަ ޑްރާމާތަކެއް ހިގައި ނިމިއްޖެއެވެ. ހުކުމް އިއްވަން ދެތިން ދުވަހަކަށް ވެފައިވަނިކޮށް ސޯޝަލް މީޑިއާގެ ވައިބަ ގްރޫޕަކަށް މައްސަލަ ބެއްލެވި ކޯޓްގެ އިސްފަނޑިޔާރަށް އޮޅުކަމަކުންކަމަށްބުނެ ޕޯސްޓްކުރި ކާޓޫނަކީ ޝައްކެއްވެސް ނެތްގޮތުގައި އޮޅުމަކުން ކޮށްފައިވާކަމަކަށް ވުމަށްވުރެ ނުވުން ދުރެވެ.

އެއީ އެހާ ލޯބޯކޮށި އަދިރިވެފައިވާ ފަނޑިޔާރަކަށް ނުވާކަން އޭނާ މީގެކުރިން ކޮށްފައިވާ ޝަރީއަތްތަކުން ދޭހަވާތީއެވެ. މިއީ އޭނާ މިމައްސަލައިން އެކަހެރި ކުރާނެކަމެއްކަން ކަޑައެޅިގެން އެގިހުރެ ކޮށްފައިވާކަމެކެވެ. އެކޯޓޫން ޕޯސްޓްކުރަން އޭނާއަށް މަޖްބޫރުކުރީ ކޮންކަމެއްކަން އަދި ކޮންމެވެސް ދުވަހަކުން އެގޭނެއެވެ. ސަސްޕެންޑްކުރުމުން ބައެއް ވާހަކަ ފަނޑިޔާރު ޕަބްލިކާ ހިއްސާކޮށްފައިވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ކުރިމަތި ކުރަމުންދިޔަ ޕްރެޝަރ އިންތިހާއަށްގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ކޮންމެއަކަސް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާނެ ހުކުމަކާމެދު ބަހުސް މިހާރު ބޮޑުވެފައިވަނީ އެމައްސަލަ ބަލަން ޖޭއެސްސީން ކަނޑައެޅި ފަނޑިޔާރު، ފަނޑިޔާރުކަމަށް އިސްކުރުމާއެކު އަމަލުތައް ހުރިގޮތުންނެވެ. މިމައްސަލައާއި ހަވާލުވުމަށްފަހު ފަނޑިޔާރުންގެ ގާނޫނާއި ޚިލާފަށް މީޑިއާގައި، މީޑިއާގެތެރެއިންވެސް އެމްޑީޕީގެ މައުތުޕީސްގެ ގޮތުގައި ތައްގަނޑުޖެހިފައިވާ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދިނުމުންނެވެ.

ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާފައިވަނީ ރާއްޖެޓީވީ އަކީ ފަސާދަ އުފައްދާ ޓީވީއެއްކަމަށެވެ. ރާއްޖޭގެ އިދިކޮޅު ޕާޓީގެ ލީޑަރ އަދި ކުރީގެ ރައީސެއްގެ މައްޗަށް ހިގާ މިހާބޮޑު، ޕަބްލިކް މަސްލަހަތު އޮތް ޝަރީއަތެއްގެ ހުކުމް އިއްވަން ޖެހިފައިވަނިކޮށް، ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެފަދަ ޓީވީއަކަށް އިންޓަވިއުއެއްދޭން ފަސްނުޖެހޭނީ ފަނޑިޔާރުގެ ސިކުނޑި އެފެންވަރަށް ދިއުމުންކަން ޔަގީނެވެ. އަދި ފަނޑިޔާރުންގެ ގާނޫނާއިޚިލާފަށް މީޑިއާގައި ވާހަކަދެއްކުމަށްފަހު އިންސާފު ހޯދަން އޭނާގެ ކުރިމައްޗަށް ގެނެވިފައިތިބި މީހުން އެކަންފާހަގަކޮށް މައްސަލައިން ތަނާޒުރުވެވަޑައިގަތުމަށް އެދުމުންވެސް ކުށް ގަބޫލުނުކޮށް އިސްފަނޑިޔާރުކަމުގެ ބާރުތައް ހިންގަވަން އިންނެވުމަކީ ފަނޑިޔާރުގެ ސްލޫކީ މައްސަލައެކެވެ.

އިންސާފުވެރި ޖޭއެސްސީއެއް އޮތްނަމަ ކުރީގެ ފަނޑިޔާރު ސަސްޕެންޑްކުރިގޮތަށް ފަނޑިޔާރު އަލީ ރަޝީދު ސަސްޕެންޑް ކުރީހެވެ. އެމްޑީޕީއަށް ރާއްޖެ ޓީވީ ނިސްބަތްވަނީ އެޓީވީގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެމްބަރަކަށްވާތިއެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ހޮވުމެއްކަމާމެދު ސުވާލެއް އުފެދޭނެ ޖާގައެއް ނެތެވެ. މުހައްމަދު ނަޝީދާއި ޖޭއެސްސީގައި އޮތް ނަޝީދުގެ ލީގަލް ޓީމުގެ ޗޮއިސްއެކެވެ. ބޭނުމަކީ ކޮންމެ ގޮތެއް ހަދާފައިވެސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމެވެ. ދެން އަންނަ ރިޔާސީ އިންތިޚާބަކަށް ކުރިމަތިނުލެވޭފަދަ އަދަބެއް ދިނުމެވެ. އެއީ ނަޝީދަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ޖަލު ހުކުމެއް ޔާމީންގެ ވެރިކަމުގައި ކޯޓުން އިއްވާފައި ވާތީ ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި ހަމައެހެން ޔާމީންގެ މައްސަލަ ބަލަން އުފެއްދި ބެންޗަކީވެސް ހަގީގަތުގައި ހުކުމް އިއްވުމަށް ޑިޒައިންކޮށްގެން އެކުލަވާލެވިފައިވާ ބެންޗެކެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނާމެދު އަޅުގަނޑު ގާނޫނީ ވަކީލުންނާ ވާހަކަދައްކައި އެއްކުރި މައުލޫމާތު ތަކުން މިނޫން ނަތީޖާއެއް ފެންނާކަށް ނެތެވެ. ޖޭއެސްސީ މިހާރު އޮތް ހާލަތުން ކޮންމެ ނިންމުމެއް ކޯޓުން ނިންމިޔަސް އެވާނީ އެމްޑީޕީގެ ނިންމުމަކަށެވެ. އިންސާފުވެރި ނިންމުމަކަށް ނުވާނެއެވެ. ޚާއްސަކޮށް ސިޔާސީ މީހުންނާ ގުޅޭ މައްސަލަތަކުގައެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ނުގެނެސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިންގުމަކީ ބިރުދައްކައިގެންވިޔަސް ވަކިގޮތަކަށް ގާޒީން ލައްވައި ހުކުމް ކުރުވުމަށް ބާރު އެޅުވުމެވެ.

ރައީސް އަބްދުﷲ ޔާމީން ޕަބްލިކްގައި އެންމެފަހުން ދައްކާފައިވާ ވާހަކަތައް ދިރާސާކޮށްލުމުން ޖަލަށް ލާން ހުކުމް ކުރާނެކަމަށް މިހާރު ގަބޫލުކުރައްވައިގެން ހުންނެވިކަން އެގެއެވެ. އެމަނިކުފާނު ނެތަސް ޕާޓީގެ ސިޔާސީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މެމްބަރުންނަށް ކުރެއްވި ވަސިއްޔަތަކީ އޭގެ ހެއްކެކެވެ. އެމަނިކުފާނުގެ ގާތްބޭފުޅުން ގަބޫލުކުރައްވާގޮތުގައި ޔާމީން ޖަލަށްލުމަށް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވިސްނުންފުޅުހުރީ އެއްގޮތަކަށެވެ. އެކަމަކު އެހެން ނިޝާނެއްވެސް ފެނިގެންގޮސްފިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރްގެ ވާހަކަތަކުންނެވެ. ޖާބިރު ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ވާހަކައެއް ދައްކައިފިނަމަ އެއީ މުހައްމަދު ނޝީދުގެ ފިކުރުކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރާނެއެވެ. ޖާބިރް ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަގަށް ގޮވާފައި ވިދާޅުވީ ޔާމީން ޖަލަށްލިޔަ ނުދޭން ސާލިހް ރާވާކަމަށެވެ. އެކަމަކު މިއީ މިމައްސަލައިގައި ނަޝީދާއި ސާލިހްގެ ޚިޔާލް ތަފާތުވުމެއް އޮތްކަން ދޭހަކޮށްދޭން ދެއްކި މަންޒަރަކަށްވެސް ވެދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މުހައްމަދު ނަޝީދު އަންނަން ކުޅުނު ޑްރާމާގެ ގޮތަށެވެ.

ކޮންމެއަކަސް މިހަފްތާގައި ހިއްވާ ހުކުމުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީއަށެވެ.

އެކަމަކު ދުނިޔެދައްކާގޮތަކީ ވަރަށް އެހެންކަހަލަ މަންޒަރެކެވެ. އިއްޔެ ޖަލުގައި ތިބި މީހުން މިއަދު ރަސްކަން ކުރަނީއެވެ. މިއަދު ޖަލަށްވަންނަ މީހުންނަށް އޮތްގޮތަކީ ކޮބައިކަން ބުނަންއެގޭނީ ކާކަށް ހެއްޔެވެ. ކަށަވަރުންވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެހުންނެވީ އެމަނިކުފާނުގެ ވެރިކަމުގެ ނިމިގެންދިޔަ އެއް އަހަރުގެ ސަރުކާރުގައި ހިގައިދިޔަ ވައްކަންތަކަށްފަހު ޖަލުގެ ތުންފަތްމަތީގައެވެ. ރައީސް މުހައްމަދު ނަޝީދާއި ޖާއެސްސީގައި ތިއްބެވި ބޭފުޅުން އެވަނީ ގާނޫނާއި ޚިލާފަށް ފަނޑިޔާރުގެއަށްވަދެ ފަނޑިޔާރުންގެ ލަފުގައި ހިފައި މަގުމައްޗަށް އުކާލާފައެވެ. ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ އެކަންކުރަން އޮންނަގޮތަށް ކޮށްގެން ނޫނީ ކޮންމެހެން ގާނޫން އަސާސީ އަށްވުރެ މަތިން ނިންމޭނެ ނިންމުމަކަށްނުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...