ލުތުފީ އެމްބަސީގައި ހުރިކަން ލަންކާގެ ފުލުހުންނަށް ނޭނގޭ: ރިޕޯޓްތައް
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާާނީ ހަމަލާގެ މޭސްތިރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ، ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރިކަން ލަންކާގެ ފުލުހުންނަށް އެނގިފައިނުވާ ކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.
ލަންކާގެ ނިއުސްފަސްޓް ނޫހުން ރިޕޯޓްކުރި ގޮތުގައި އެ ނޫހުގެ ފަރާތުން ލަންކާގެ ފުލުހުންގެ މީޑިޔާ ޑިވިޝަނާއި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން، ލުތުފީގެ މައުލޫމާތެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ.
އަދި ލުުތުފީގެ މައްސަލައިގައި ލަންކާގެ ފޮރިން މިނިސްޓްރީންވެސް ބަހެއް ލިބިފައިނުވާކަމަށް އެނޫހުގައި ވަނީ ފާހަަގަކޮށްފައެވެ.
އެ ނޫހުގެ މި ވާހަކައާއި ގުޅިގެން ދެ ގައުމުގެ އެއްވެސް އިދާާރާާއަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ލުތުފީ މިދިޔަ މެއިމަހުގެ 1ދުވަހު އެމްބަސީއަށް އަމިއްލައަށް ހަވާލުވުމަށްފަހު، އޭނާާ ރާއްޖެއަށް އަނބުރާ ގެނައުން ލަސްވަމުން ދަނީ މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހޭތީކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް