ހުުޅުމާލޭ ހައިވޭގެ ފެންސްގައި ކާރެއް ޖެހިއްޖެ
ހުޅުމާލެއާއި ހުުޅުލެ ގުޅުވާލަދޭ ހަައިވޭގެ ފެންސްގައި ކާރެއް ޖެހިއްްޖެއެވެ.
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ފެންސްގައި ޖެހުނީ ސިޓީ ކެބް ޓެކްސީ ސެންޓަރުގެ ޓެކްސީއެކެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އެ ޓެކްސީ ދުއްވަން އިނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އަތުގައި ލައިސަންސް ވެސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދސާގައި ޑްރައިވަރަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ލިިބި، އަދި ހައިވޭގެ އެއްފަރާތުގައި ހުރި ދަގަނޑު ފެންސަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވި ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް