ވަައި ގަދަވުމުގެ ސަބަބުން ބޮޑުދިދަ ވެއްޓިއްޖެ
ދިވެހިރާއްެޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާއި ގުޅިގެން، ވައިގަަދަވެ މާލޭގެ ޖުމްހޫރީ މައިދާނުގައި ހުރި ބޮޑުދިދަ ވެއްޓިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ބޮޑުދިދަ ވަޔާއި އެކު ވެއްޓިފައިވަނީ ބައިދަނޑިއަށްވުރެ ތިރީގައެވެ. ދިދަ ވެއްޓުމާއި އެކު އެ ދިދަ ވަނީ ވަގުތުން ނަގާފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ވަނީ މާލެއާއި އަތޮޅުތައް ހިމެނޭ ގޮތުން 9 އަތޮޅަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓެއް ނެރެފައެވެ.
މެޓް އޮފީހުން ބުނީ އިއްޔެ މާލެ އަތޮޅަށް ގަޑިޔަކު 45 މޭލު ބާރު މިނުގައި ވައި ޖެހިފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް