ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި
ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ޕްެރޮގްރާމެއް ނޭޝަނަލް އާޓް ގެލެރީގައި ފަށައިފިއެވެ.
މިއަދު ހެނދުނު ފެށުނު މި ޕްރޮގްރާމަކީ އިއްޔެ ފާހަގަކުރެވުނު ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން ބޭއްވޭ ޕްރޮގްރާމެކެވެ.
މިއަދު ހެނދުނު 09:00 އިން ހަވީރު 06:00 އަށް ނެޝަނަލް އާޓް ގެލަރީގައި ހިންގާ ޕްރޮގްރާމުގެ މަގްސަދަކީ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މަގު ފަހިކޮށްދިނުމެވެ.
އޭގެ އިތުރުން މި ޕްރޮގްރާާމްގެ ތެރެއިން ލޭ ހަދިޔާ ކުރުމާއި ބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ އިތުރުން، ތެލަސީމިއާ ޓެސްޓްެވެސް ހިލޭ ކުރެވޭނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް