ސަލާމަތީ ބާރުތަކުން ރ.ދުވާފަރުގައި ޚާއްސަ އޮޕަރޭޝަނެއް ނުހިންގާ!
މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެމްއެންޑީއެފްއިން ގުޅިގެން ރ.ދުވާފަރުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
އެގޮތުން މިރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އެރަށަށް ދިޔަކަމަށް ބުނެ ވަނީ ޚަބަރުފެތުރިފައެވެ. ނަމަވެސް މިކަން ފުލުހުންގެ މީޑިޔާއިން ވަނީ ދޮގުކޮށްފައެވެ.
ފުލުހުން ބުނީ ފުލުހުންގެ އެއްވެސް އޮޕަރޭޝަނެއް މިރޭ ދުވާފަރުގައި ކުރިއަށް ނުގެންދާ ކަމަށާއި، އަދި މިރޭ އެރަށަށް އަރާފައި ނުވާނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެރަށް ކައިރީގައިވާ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ދަނީ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް