މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް؛ އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މާލޭ ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮފިޝަލުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން ދެ މީހަކު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި ދެ މީހުންގެ ހާލަތާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލުން މިހާރު ދަނީ މި ހާދިސާ ހިނގި ސަބަބު ބަލައި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް