ރެހެންދި ސްކޫލް ޕޭރެންޓް ޓީޗަރ ފުޓްސަލް މުބާރާާތް ފަށައިފި
ހުޅުމާލޭ ރެހެންދި ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް ހުޅުވާލެވިގެން ބާއްވާ ފުޓްސަލް ރޭ ފަށައިފިއެވެ.
އެ ސްކޫލްގެ އެލްކޭޖީން ފެށިގެން ގްރޭޑް 10ގެ ބެލެނިވެރިންނާާއި ޓީޗަރުން ބައިވެރިވާ މި މުބާރާތުގައި ރޭވެސް ވަނީ ވަރަށް ފޯރިގަދަ މެޗްތަކެއް ބާއްވާފައެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ރެހެންދި ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ މިއީ އެ މުބާރާތް ބާއްވާ ހަތަރުވަނަ އަހަރުކަމަށާއި، މިފަހަރުގެ މުބާރާތުގައި ބައިވެރިވަނީ ހުސް ފިރިހެން ޓީމްތައް ކަމަށެވެ.

މި މުބާރާާތް ބޭއްވުމުގެ މަގްސަދަކީ ބެލެނިވެރިންނާއި ޓީޗަރުންގެ ދެމެދުގައި ގުޅުން ބަދަހިކުރުންކަމަށް އެ ސްކޫލުން ބުނެއެވެ.
މިފަހަރުގެ މުބާރާާތުގައި ހުޅުމާލޭ ދާއިރާާގެ އިންތިޚާބީ މެންބަރު އަލީ ނިޔާޒްވެސް ކުޅުއްވާކަން ފާހަަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް