މާލޭގައި މިރޭ 3 މިނެޓަށް ހަވާ އަރުވާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގައި މިރޭ 3 މިނެޓަށް ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހަވާ އަރުވަން ހަމަޖެހިފައި ވަނީ މާލޭގެ އުސްފަސްގަނޑު ދިމާ ބޭރުން ކަމަށެވެ.
ހަވާ އަރުވާނީ މިރޭ 11:30 ގައެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ހަވާ އަރުވަނީ ސިފައިންނެވެ. އެކި މުނާސަބަތުތަކާއި ގުޅިގެންނާއި ވިޔަފާރި އުސޫލުން ސިފައިން ހަވާ އަރުވައި ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް