އަދާލަތުގެ ކެނޑިޑޭޓަކީވެސް ސަރުކާރުގެ ކެނޑިޑޭޓެކޭ ބުނެވިދާނެ: އަލީ ނިޔާޒު
އަދާލަތު ޕާޓީގެ ކެނޑިޑޭޓަކީވެސް ސަރުކާރުގެ ކެނޑިޑޭޓެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު، އަދި އެ ޕާޓީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަަށް ވާދަކުރައްވާ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ބައެއް ފަރާތްތަކާއި މިރޭ ހުޅުމާލޭގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިޔާޒު ވިދާޅުވީ އަދާލަަތު ޕާޓީއަކީ ކޯލިޝަން ސަރުކާރުގެ ޕާޓްނަރެއްކަމަށާއި އެހެންކަމުން އެ ޕާޓީގެ ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއްކަމަށް ބުނެވިދާނެކަމަށެވެ. އެފަދައިން އެމްޑީޕީ އަދި ޖޭޕީގެ ކެނޑިޑޭޓަކީވެސް ސަރުކާރުގެ ކެނޑިޑޭޓެއްކަމަށް ބުނެވޭނެކަަމަށް ނިޔާޒް ފާހަަގަކުރެއްވިއެވެ.
https://www.facebook.com/asraf769/videos/2019555888093545/?_rdc=1&_rdr
ނަމަވެސް ސަރުކާރުންވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަކި ކެނޑިޑޭޓަކު އެންޑޯޒްކުރައްވާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
ނިޔާޒް މިހެން ވިދާޅުވިއިރު، އަދާލަތާއި އެމްޑީޕީން ވަނީ ބައެއް ގޮނޑިތައް ގުރުބާންކޮށްގެން ކޯލިޝަންއެއް ހެދުމަށް ވާހަކަދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް