އައްްޑޫއިން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ހާމަކޮށްފި
ނިމިިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިކުރުވުން މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްްޓް އާންމުކޮށްފިއެވެ.
މިއީ އައްޑޫގެ ހިތަދޫ އަދި ހުޅުދޫގައި ގާއިމްކޮށްފައިވާ ފްލެޓްތަކެކެެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ލިބޭ ފަރާތްތަކުގެ ނަމާއި އެޑްރެސް އަދި ލިބިފައިވާ ޖުމްލަ ޕޮއިންޓް އެނގޭނެ ދާއިމީ ލިސްޓެއް އިއުލާންކޮށްފައިވާނެކަމަށެވެ.
މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި ކައުންސިލް އިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވިފައިވެއެވެ. މީގެ އިތުރުން މި ލިސްޓްވަނީ އައްޑޫގެ އަވަށު އޮފީސްތަކާއި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައިވެސް ވަނީ ބެހެއްޓިއެވެ.
"ގެދޮރުވެރިކުރުން" މަޝްރޫއުގެ ދަށުން ހިތަދޫގައި 264 ފްލެޓް އިމާރާތްކުރެވުނު އިރު، ހުޅުދޫގައި 48 ފްލެޓް ވަނީ އިމާރާތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް