ނުވައަހަރަށް ފަހު ކުޅުއްދުފުށި މަސްޖިދުލް ފިރުދައުސް މިއަދު ހުޅުވާލަނީ!
ކުޅުއްދުފުށި މަސްޖިދުލް ފިރުދައުސްގެ މަސައްކަތް ނިންމުމަށް ފަހު މިއަދު މިސްކިތް ހުޅުވާގޮތަށް ހަމަޖެހިއްޖެއެވެ.
މިސްކިތް ހުޅުވައިދެއްވާނީ އިސްލާމިކް މިނިސްޓަރުކަމަށް ކައުންސިލުން މައުލޫމާތުދެއްއެވެ.
އަމިއްލަ ފަރާތަކުން ކުޅުދުފުށީގައި އިމާރާތްކުރި މަސްޖިދުލް ފިރުދައުސް ނިންމައި ކުޅުއްދުފުށި ކައުންސިލާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މިތުރު ކޮމްޕެނީގެ އޯނަރު މުހައްމަދު ޒުހެއިރުގެ ހަރަދުގައި ކުޅުއްދުފުށީގައި އިމާރާތްކުރަން ފެށި މިމިސްކިތް ނިންމާފައި މިވަނީ 9 އަހަރަށް ފަހުކަން ފާހަގަކޮށްލަންޖެހެއެވެ.
ގާތްގަނޑަކަށް 450 މީހުން އެެއްފަހަރާ ނަމާދުކުރެވޭ މިމިސްކިތް ކައުންސިލާއި ހަވާލުކޮށްފައިވަނީ އިއްޔެކަމަށް ކުޅުއްދުފުށި ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މިސްކިތް ހަދަން މުހައްމަދު ޒުހެއިރަށް ބިން ދޫކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 11 ވަނަ ދުވަހު އެވެ.
ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކުރިނަމަވެސް މިސްކިތް ނުނިމުމުން އަލުން މުއްދަތު އިތުރުކޮށްދީފައިވެ އެވެ.
ޕޮޓޯ: ކޭއޯ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް