ޕޮލިސް ސްޓްރެޓަޖިކް ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފި
ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން، ޖިނާއީ ނިޒާމުގެ ޢަދުލުގައި ހިމެނޭ މުއައްސަސާތަކުގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ޚިޔާލު ހޯދުމަށް ބާއްވާ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ ފަށައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު މި މަހާސިންތާ ފައްޓަވައިދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ގެންނަޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކޮށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތަކަށް އަމާޒުކޮށްގެން ބާއްވާ މި މަހާސިންތާގައި، ޕްރޮސިކިިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ސްޕްރީމް ކޯޓުގެ އިތުރުން ހައިކޯޓާއި ކްރިމިނަލް ކޯޓުން ބައިވެރިވެފައިވެއެވެ. އަދި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުންނާއި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން އިތުރު މަހާސިންތާތަކެއް މިއަހަރު ވަނީ ބާއްވާފައެވެ. އެގޮތުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ޖަނަވަރީ މަހު ބާއްވާފައިވާއިރު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެންވެސް ޖަނަވަރީ މަހު ވަނީ މަހާސިންތާ އެއް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް