ގަސް އިންދުމުން ނޫނީ ގްރެޖުއޭޓް ނުވެވޭނެ ބިލެއް ހުށައަޅައިފި
ވަކި ވަރަކަށް ގަސް އިންދުމުން ނޫނީ ހައި ސްކޫލާއި ކޮލެޖުން ގްރެޖުއޭޓް ނުވެވޭނެފަދަ ބިލެއް ފިލިޕީންސްގެ ގާާނޫނު ހަދާ މަޖިލީހަށް ހުށައަޅައިފިއެވެ.
މި ބިލް ހުށައެޅި މެންބަރ ވިދާޅުވީ މިއީ ދުނިޔެ ހޫނުވުމުން ރައްކާތެރިކޮށް، ތިމާވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފިލިޕީންސްގެ ގިނަ ފަރާތްތަކުން މިހާރުވެސް ގްރެޖުއޭޓްވުމާއި އެކު ގަސް އިންދައެވެ. އެ ބިލްގައި ވަނީ އެކަން ގާނޫނަކުން ލާޒިމްކޮށް، ދިހަ ގަސް އިންދުން މަޖުބޫރުކުރުވުމަށް އެދިފައެވެ.
މި ބިލް ފާސްވެއްޖެނަމަ ފިލިޕީންސްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 175މިލިޔަން ގަސް އިންދިގެންދާނެއެވެ.
މިކަމަށް ގިނަބަޔަކު ދަނީ ތާއިދުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް