ޚިޔާނާތުގެ ފައިސާ ކުރީގެ ސީޕީއަކަށްވެސް ލިބުނުކަމުގެ ތުހުމަތު!
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ކުރީގެ ޕޮލިސް ކޮމިޝަނަރެއްވެސް ޖެހިވަޑައިގެންފައިވާކަމަށް ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭގޮތުން ފުލުހުންނާއި، އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ފުލުހުންގެ ތެރެއިން ހަތްފަރާތަކަށް ލިބިފައިވާކަމަށް އެނގިފައިވާކަމަށެވެ. އެފަރާތްތަަކަށް އެކިފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ލިބުނު އިރު، އޭގެ ތެރޭގައި ފުލުހުންގެ ތެރޭގައި އިސްކޮށް ހިމެނުނު ފަރާތްތައްވެސް ހިމެނޭކަމަށް ހަމީދު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިމެނޭ ކުރީގައި ޕޮލިސް ސާރވިސްގައި ވަޒީފާ އަދާ ކުރެއްވި ކޮމިޝަނަރއަކާއި ޑެޕިއުޓީ ކޮމިޝަނާއަކާ. ވަރަށް ގިނަ އަދަދެއްގެ ފައިސާ ތަކުރާރުކޮށް އެކި ފަހަރުމަތިން ނެންގެވިކަން ފެންނަ އެބަހުރި"، ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ އެ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްްސް ކޮމާންޑުން ބަލަމުންދާއިރު، އެފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއްވެސް ހިންގާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް