ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް!
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 2019 މެއި 6 ވާ ހޯމަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
މިކަން ކަނޑައަޅާފައިވަނީ މިރޭ އިސްލާމިކް މިނިސްޓްރީން ރޯދަ މަހުގެ ހަނދު ސާބިތު ކުރަން ބޭއްވި ޖަލްސާގައެވެ.
ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
މިއަދަކީ 1440 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައެއް ނުހުންނާނެއެވެ.
އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނެތުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު ނެތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް މުލަ ރޯދަ ނުވަތަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މެއި މަހުގެ 6 ވާ ހޯމަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް