މޯދީ މިއަދު ތަގުރީރުކުރައްވާނީ ހިންދީ ބަހުން
މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި އިންޑިޔާގެ ބޮޑުވަަޒީރު ނަރެންދްރަ މޯދީ ތަގުރީރުކުރައްވާނީ ހިންދީ ބަހުންކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މޯދީ ތަގުރީރުކުރައްވާނީ ހިންދީ ބަހުން ކަމަށާއި އެ ވާހަކަފުޅުގެ ދިވެހި ތަރުޖަމާ މެންބަރުންނަށް އިވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
އެގޮތުން މެންބަރުންގެ މޭޒުކޮޅުތަކުގައި ހުންނަ ސިސްޓަމުން ހެޑްސެޓް މެދުވެރިކޮށް ބޮޑު ވަޒީރުގެ ތަގުރީރުގެ ދިވެހި ތަރުޖަމާ ވަގުތުން އަޑުއިވިވަޑައިގަންނަވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މޯދީގެ ތަގްރީރުގެ ދިވެހި ތަރުޖަމާ ޓީވީން ގެނެސްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މޯދީ އަކީ އިނގިރޭސި ބަހުންވެސް ފަރިތަކަމާއި އެކު ވާހަކަފުުޅު ދައްކަވާފައިވާ ބޭފުޅެކެވެ. ނަމަވެސް އާންމުގޮތެއްގައި މޯދީ ތަގުރީރުކުރައްވަނީ ހިންދީ ބަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް