ފެބްރުއަރީ ހަތެއްގައި ބަޤާވާތް ކުރެއްވީ ރައީސް ނަޝީދު: ޤާސިމް
ހަތެއް ފެބްރުއަރީގައި ބަޣާވާތް ކުރެއްވީ ކުރީގެ ރައީސް ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ނިކުމެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުން ގިނަ ބަޔަކު ސިފަކުރަނީ ބަޣާވާތެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެ މައްސަލަ ތަހުގީގް ކުރުމަށް އެކުލަވާލީ ކޮމިޝަނުން ނިންމާފައި ވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް ވިދާޅުވި ގޮތުގައިމީގެ ކުރިންވެސް ބަޣާވަތް ކުރެއްވީ ރައީސް ނަޝީދު ކަމަށާއި އަދި އެކަން ކުރައްވާފައި ރައީސް ނަޝީދު މަސައްކަތް ޕުޅު ކުރެއްވީ އެހެން ބައެއްގެ އަގު ވައްޓާލުމަށް ކަމަށެވެ.
ޤާސިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރަކު ހައްޔަރުކުރުމަށްފަހު އަމިއްލަފުޅަށް ކޮންފިޑެންސް ގެއްލުމުން ވާނުވާ ނޭނގިގެން އެންމެ ފަހުން ފަނޑިޔާރަކު ހައްޔަރުކޮށް ވެރިކަން ކުރަން ނޭނގިގެން އަމިއްލައަށް އިސްތިއުފާ ދެއްވާފައި ވަޑައިގަތީ ކަމަށެވެ.
ޤާސިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އަމިއްލަފުޅަށް ބަޣާވާތް ކުރެއްވުމަށްފަހު މަސައްކަތް ކުރައްވަނީ އެބޭފުޅާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އަގު ވައްޓާލަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް