މުހިންމު ކަންކަމުގައި ނޫނީ ދިވެހިން ބޭރަށް ނުނިކުމޭ: އެމްބަސީ
މުހިންމު ކަމެއްގައި މެނުވީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުނިކުތުމަށް، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދިއްޖެއެވެ.
އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުރިހާ ދިވެހިން ގޭތެރޭގައި ތިބުމަށް އެދޭ ކަމަށާއި، މި ހާލަތު އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އަދި އެއްވެސް އެހީތެރިކަމެއް ނުވަަތަ މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްބަސީގެ ކޮންސިއުލަރ ނަމްބަރުތަކަށް ގުޅުމަށް އެމްބަސީން ވަނީ އެދިފައެވެ.
އެއީ 94727277072، +94766942654 +94766086660 އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ބައެއްގެ ފުރާނަ ގެއްލުނު އެ ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ލަންކާގެ ސަރުކާރާއި، ރައްޔިތުންނާއި އަދި ހަމަލާގައި ގެއްލުންވި އާއިލާތަކަށް އެބޭފުޅާ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް