N/A
N/A
ހަބަރު 25 Jun 2019 | 12:59

ޝަހީބު މި ސަރުކާާރުގައިވެސް މަގާމު ދިފާާއުކުރައްވައިފި؟

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ޝަހީބު އެ ކޮމިޝަނަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައެވެ. 2010 ވަނަ އަހަރުގައި ތަސްދީގު ކުރެވުނު ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުފައްދާފައިވާ މި ކޮމިޝަންގެ ފުރަތަމަ ހަތް މެންބަރުންގެ ތެރޭގައި ޝަހީބު ހިމެނިވަޑައިގެންނެވިއެވެ.

އެ ހަތް މެންބަރުންެގެ ތެރެއިން މިއަދާއި ހަމައަށްވެސް އެ ކޮމިޝަންގައި ފައިތިލަ ސާބިތުކުރައްވައިގެން ހުންނެވީ ހަަމައެކަނި ޝަހީބެވެ. ރައީސް ނަޝީދުގެ ފަހުން ދެ ސަރުކާާރެއް ނިމިދިޔަ އިރުގައިވެސް، އެ ހުރިހާ ރައީސުންވެސް ޝަހީބު އެ ކޮމިޝަންގައި އިންނެވުމަށް ހިތްޕުޅާއިވިއެވެ. ފަހަރެއްގައި އެމަނިކުފާނުގެ މީޑިޔާާގެ ތަޖުރިބާ ރަނގަޅުވުމުން ކަމަށްވެސް ވެދާނެއެވެ.

ބްރޯޑްކޮމްގެ ރައީސްކަމަށް ޝަހީބް އިންތިޚާބުވެ ވަޑައިގަތުމަށްފަހު، މީޑިޔާގެ ފަލަސުރުޚީތަކަށް އެމަނިކުފާނު އަރަން ފެއްޓީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައެވެ. ދިވެހި ނޫސްވެރިކަމުގެ އުޖާލާ ޖައްވު ބަނަކުރި އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެއްވުމުންނެވެ. އެ މަސައްކަތް ނުކުރިތަނުގައި އެ މަނިކުފާނު އިސްވެ ހުރެ ހިންގެވި ބްރޯޑްކޮމްއިން އެ ގާނޫނުގެ ޒަރިއްޔާއިން، ވަކި މީޑިޔާތަކަކަށް އަމާޒުކޮށް ޖޫރިމަނާތަކެއް ކުރެއްވުމުންނެވެ.

ވަކި މީޑިޔާތަކަކަށް އަމާޒުކޮށް ޖޫރިމަނާ ކުރެވުނު ކަަމަކީ ޚުދު ޝަހީބުވެސް މަޖިލީހުގެ ކޮމެޓީގެ ކުރިމަތީގައި އިއުތިރާފްވެ ވަޑައިގަންނަވާފައިވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެޓީވީއާއި ސަންގުޓީވީ ޖޫރިމަނާކުރި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ވަކިވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ކޮމިޝަނުން މައްސަލަތައް ބަލައި ޖޫރިމަނާ ކޮށްފައިވާނެކަމަށާއި، އެގޮތަށް އަމަލުކޮށްފައިވަނީ މެންބަރުން އަމިއްލަ އަށް އިސްނަގައިގެން ވަކި ޗެނަލްތަކުގެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

ޝަހީބު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ވަކި ގޮތެއް ކަނޑައަޅަން ނަގައި ވޯޓުގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓެއް ނުދެވޭތީ، ޖޫރިމަނާ ކުރި ގިނަ މައްސަލަތަކުގައި އޭނާ ވޯޓުދެއްވާފައެއް ނުވާނެއެވެ.

ނަމަވެސް ކޮމިޝަންގެ އަހުލަބިއްޔަތުން ނިންމާ ނިންމުމެއް ތަންފީޒު ކުރެއްވުމަކީ ރިޔާސަތުގެ އިންނަވާ ބޭފުޅެއްގެ ޒިންމާއަށް ކަމަށްވާތީ ނިންމުންތައް ތަންފީޒުކުރެއްވީ ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި އެހެން ދިމާވީ ކޮމިޝަންގެ މެންބަރުންގެ އިހުލާސްތެރިކަމެއް ނެތި ސިޔާސީ ނުފޫޒު ފޯރާފައިވާތީކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބަކީ މިނިވަން މުއައްސަސާއެއްގެ ރައީސެކެވެ. އެ މުއައްސަސާގެ މެންބަރުންގެ މިނިވަންކަން ގެއްލުުނު ވާހަކަ ޝަހީބް ދައްކަވަންވީ، ބޮޑެތި ޖޫރިމަނާތަކުން މިންޖުވުމަށް ރާއްޖެޓީވީއާއި ސަންގުޓީވީ ސަލާންޖަހާ ނިމުނުފަހުން ހެއްޔެވެ؟ އޭގެ ކުރިން މީޑިޔާގެ އާއިލާގެ އެއް ބެލެނިވެރިޔާގެ ހައިސިއްޔަތުން ޝަހީބުގެ ޒިންމާއެއް ނެތީބާވައެވެ؟ ޚުދު ޝަހީބަކީ ލިޔުނު ވާހަކައެއްގެ ސަބަބުން ޖަލުގެ ތޭރިތައް ދުށް ފަރާތެއްކަން ހަނދާާން ނެތުނީތޯއެވެ؟

މި ވާހަކަތައް ދައްކަމުންދާ ފަރާތްތައް ކިތަންމެހާވެސް ގިނައެވެ. ނަމަވެސް ފެންނަ މަންޒަރަކީ ޝަހީބުގެ ޒިންމާއިން އެމަނިކުފާނު އަދިވެސް ރެކެމުންދާ ތަނެވެ. މިސަރުކާރުގައިވެސް އެމަނިކުފާނުގެ މަގާމު ދިފާއުކުރައްވައިގެން އިންނެވި ތަނެވެ. ޝަހީބަކީ މި ރައީސްވެސް ކޮމިޝަންގައި ބައިންދަވާނެ ފަރާާތެއްތޯއެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...