ބޮޑުތަކުުރުފާނު މަގުގެ ބަންދުކުރި ސަރަހައްދު ހުޅުވާލައިފި
ރަަސްފަންނު ސަަރަހައްދުން ބަންދުކޮށްފައިވާ ބޮޑުތަކުރުފާނު މަގުގެ ބައި، ހައުސިންގް މިނިސްޓްރީން ހުޅުވާާލައިފިއެވެ.
އެކަން ވަނީ އެ މިނިސްޓްރީން ޓްވިޓަރ މެދުވެރިކޮށް ޔަގީންކޮށްދީފައެވެ.
ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ވީ ދިމާލުން ސަރަހައްދެއް ބަންދުކުރީ 'ކޮރަލް ބުލޮވާޑް' ޕްރޮޖެކްޓްގެ 28 ބުރީގެ ހަތަރު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.
ނަމަވެސް އެ ސަރަހައްދުގައި އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.
މާލެ ވަށައިގެން ދުއްވޭނެހެން ރިންގް ރޯޑު ހުޅުވާލުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް