ރައީސް ނަޝީދު ފިތުރު ޒަކާތް ދައްކަވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިތުރު ޒަކާތް ދައްކަވައިފިއެވެ.
އެމަނިކުފާނު ޒަކާތް ދައްކަވާފައިވަނީ މިއަދުގެ ވަގުތެއްގައި އިސްލާމީ މަރުކަޒަށް ވަޑައިގެންނެވެ.
ޒަކާތް ދެއްކެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިކަމެތިން މަތިން ހަނދުމަކޮށް، ފިތުރު ޒަކާތް ދައްކަން ޖެހޭ ކަމަށެވެ.
މާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ކައުންޓަރުންތަކުންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ.
އަދި ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް