ގާސިމް ވެރިކަމަށް އައުމަށް އިދިކޮޅުން ތާއިދުކޮށްފި
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގެނައުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތާއިދުކޮށްފިއެވެ.
އެ ކޯލިޝަންގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވަނީ މިއީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.
"'މިހާރު އެންމެ ރަނގަޅު ގޮތަކީ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން. ފައިސަލް ނަސީމާއި ދެ ބޭފުޅުން އެކުގައި އިސްތިއުފާ ދެއްވާފައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަންވީ"، އަދުރޭ ވިދާޅުވިއެވެ.
އަދި މި އެއްބައިވަންތަ ސަރުކާރުގެ ރައީސްއަކަށް ގާސިމްވުމަށް ތާއިދުކުރައްވާކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އަދުރޭ ވަނީ ރައީސް ޔާމީން ހައްޔަރުކުރުުމުން އެމަނިކުފާނަށް ތާއިދު އިތުރުވެފައިވާކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް