ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް ވޭނެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި ޒުވާނާއަށް ފަރުވާ ދެނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް-1ގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަންގެ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 2:32ގައި ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް-1 ގުލާމާ ހިނގުމުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ޑިޓެންޝަން ސެންޓަރ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް މިހާރު އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ސައިކަލު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށާ އަދި އިމިގްރޭޝަންގެ ވޭނަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް