ލުުތުފީ އަނބުރާ ގެނެވުމުން އުމަރު ޖަލްސާއެއް ބާއްވަނީ
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެއަށް ގެނެވުުމުގެ އުފަލުގައި ޖަލްސާއެއް ބޭއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ނިންމަވައިިފިއެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ އެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ 21:00ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ލުތުފީ ހުރިކަން އެންމެ ފުރަތަމަ ފަޅާއަރުވާލީ ޓްވިޓަރ މެދުވެރިކޮށް އުމަރު ނަސީރެވެ. އެއާއި އެކު ހަމަ އެރޭ ފުލުހުން ވަނީ އެކަމަށް އެއްބަސްވެފައެވެ.
ރޭގެ ވަގުތެއްގައި ލަންކާގެ ކަމާއިގުޅޭ އިދާރާތަކުން ހުއްދަ ލިބުމާއި އެކު ލުތުފީ ވަނީ މާލެއަށް ގެނެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް