ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކުރަން ފަށައިފި
މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި މާާލޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
އެގޮތުން ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުންދަނީ މާލޭ ޖަލު ކައިރިއަށް އެއްވެ، ރައީސް ޔާމީން ދޫކޮށްލުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިސްތިއުފާއަށް ގޮވަމުންނެވެ.
މި ފަރާތްތަކުން އެ ސަރަހައްދުން ދުރަށް ފޮނުވާލުމަށް އެސްއޯ ފުލުހުން ދަނީ ބެރިކޭޑް ޖަަހައި، ސަފު އަތުރައިގެން މަސައްކަތް ކުރަމުންނެވެ.
ޕީޕީއެމްއިން ވަނީ ރައީސް ޔާމީން ދޫކޮށްލަންދެން މުޅި ރާއްޖޭގައި މަދަނީ ބަސްނޭހުންތައް ކުރިއަށް ގެންގޮސް މުޒާހަރާާކުރާނެކަމަށް ބުނެފައެވެ.
ފޮޓޯ: ވަގުތު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް