އެސްޓީއޯއިން ޑީސަލްގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
ސްޓޭޓެ ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ)އިން ބުނެފައިވަނީ އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން ނުވަދިހަ ލާރި ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.
އަދި ޑީސަލްގެ އަގު ބޮޑު ވެފައިވަނީ ދުނިޔޭގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ޑީސަލް ލީޓަރަކުން ނުވަދިހަ ލާރި ބޮޑު ކުރުމާއިއެކު މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 10.89 ނުވަލާރިއަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއި އެކު އެސްޓީއޯއިންވެސް އެކުންފުނިން ވިއްކާ ޑީސަލްގެ އަގަށް އާންމު ގޮތެއްގައި ބަދަލުގެނެއެވެ.
އެގޮތުން ފާއިތުވި ޖެނުވަރީ މަހު ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާއިއެކު އެކުންފުނިން ވަނީ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަގުހެޔޮކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް