ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވިލިމާލެއާ ދިމާލު ބޭރުގައި އަޅާފައިއޮތް ކާގޯ ބޯތަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން މިއަދު ބުނީ، ކަނޑަށް ވެއްޓިގެން ހޯދަމުންދަނީ އިންޑިއާގެ ރައްޔިތެއްކަމަށެވެ. އޭނާ ވެއްޓުނުކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ، ރޭ ދަންވަރު 23:35 ހާއިރުއެވެ. އެ މީހާ ވެއްޓިފައިވަނީ، އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިންނެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް