މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ތިން ޒުވާނަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު ތިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނުކަމުގެ ރިޕޯޓް އިއްޔެ ލިބިފައިވާ ކަމަށެވެ.
އަދި އެ މައްސަލައާއި ގުޅިގެން އުމުރުން 22 އަހަރާއި 27 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށާ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރަހީނު ކުރެވުނު މީހާ ރަހީނުކުރި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް މީހުން ރަހީނުކޮށްގެން ފޭރޭ މައްސަލަ އާއި އޮރިޔާން ކާޑު ހަދައިގެން އެމީހުންނަށް ބިރު ދައްކާ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް