އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސަކު ނިޔާޥެއްޖެ
މި އަަހަރުގެ ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސަކު ނިޔާޥެއްޖެއެވެ.
ނިޔާވެފައިވަނީ އިބްރާހީމް ރަޝީދު، އޮސާކާ / ހއ.ދިއްދޫ (58)އ އެވެ.
ރަޝީދު އުމްރާއަށް ދިޔައީ ރާއްޖޭގެ ޙައްޖު އަދި އުމްރާ ގްރޫޕެއް ކަމަށްވާ "ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލް" ގެ ފަރާތުންނެވެ.
އެ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަޝީދު ނިޔާވީ މައްކާގެ ނޫރު ހޮސްޕިޓަލުގައި ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރަނިކޮށް ކަމަށެވެ.
ޙައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި ދޭތެރެދޭތެރެއިން މީހުން މަރުވުމަކީ ދިމާވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް