ރައީސް ޑރ.މުޢިއްޒު، ސީއެޗްއެސްއީ - މާލެ ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) – މާލެ، ހުޅުއްވައިދެއްވައިފިއެވެ.
މާލޭގައި ސީއެޗްއެސްއީ އަލުން ހުޅުވައިދެއްވާފައިމިވަނީ އެ ސްކޫލުގެ ޢިމާރާތުގެ އާބާތުރަފިލުވުމަށްފަހު ރޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރޭގެ ރަސްމިއްޔާތުގައި، ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސް ޑރ.މުޢިއްޒުއަށް ވެދުމަށް އަރުވާފައިވާއިރު، އެމަނިކުފާނު ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފައެވެ.
މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުޢިއްޒު ހާމަކުރެއްވީ ސީއެޗްއެސްއީއަށް 45 އަހަރު ފުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް