ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަލީ ޝަރީފު ޖޭއެސްސީއަށް އައްޔަންކޮށްފި
ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރުގެ މަގާމަށް މެޖިސްޓްރޭޓް އަލީ ޝަރީފު އިންތިޚާބުކޮށްފިއެވެ.
ލ.މެޖިސްޓްރޭޓް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު އެ މަގާމަށް ހޮވިވަޑައިގެންނެވީ 127ވޯޓުންނެވެ.
އަލީ ޝަރީފުގެ އިތުރުން އެ މަގާމަށް އިންތިޚާބުކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލް އާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 178 މީހުންނަށް ލިބިގެންވާއިރު ވޯޓުލީ 167 މީހުންނެވެ.
އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 93.82 ޕަސެންޓެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް