ސައުދީގެ ވަލީއަހުދާާއި ރައީސް ޞާލިހާާއި ރައީސް ނަޝީދުވެސް ޔޫއޭއީގައި!
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި އެކުވެެރި އަރަބި އިމާރާތަށް ފުރާާވަޑައިގެންފިއެވެ.
ޕްރައިވެޓް ޖެޓެއްގައި މިރޭ މި ދެބޭފުޅުން ފުރާވަޑައިގެންފައިވަނީ އެގައުމުގެ ވަލީއަހުދު ޝައިހް މުހަައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.
ދެ ދުވަހުގެ މި ދަތުރުގެ މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ދަތުރުގެ ތެރެއިން ދެގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބާާއްވާާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާދަމާއިން ފެށިގެން އަބޫދާބީ ގްރާންޑް ޕްރީ ރޭސިންގ މުބާރާތް ކުރިއަށްދާތީ، މި ދަތުރަކީ އެ ދެ ބޭފުޅުން އެމުބާރާތް ބައްލަވަން ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
ރައީސް ޞާލިހާއި މަޖިލީހުގެ ރައީސް ނަޝީދުގެ އިތުރުން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންވެސް މިވަގުތު ހުންނެވީ އެކުވެރި އަރަބި އިމާރާތުގައެވެ. ވަލީއަހުދު މުހައްމަދުވެސް އެގައުމަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ޝާހީ އާއިލާގެ ދައުވަަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް