ރައީސްގެ ކެމްޕެއިން ދަތުރުތަކަށް ސަރުކާރުން ޚަރަދު ނުކުރާނެ: ހޫދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ރައީސް ސޯލިހު ރަށްތަކަށް ދަތުރު ފައްޓަވާފައިވާއިރު، އެދަތުރު ތަކާއި ގުޅިގެން ހޫދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ކުރައްވާ އެ ދަތުރުތަކަށް ޚަރަދު ކުރާނީ ދަތުރުތައް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ. އަދި ރައީސް އާއެކު ވަޑައިގަންނަވާ ސަރުކާރުގެ އިސްފަރާތްތަކުގެ ދަތުރުގެ ޚަރަދުވެސް ހަމަޖައްސަނީވެސް ދަތުރުތައް އިންތިޒާމް ކުރާ ފަރާތުން ކަމަށް ހޫދު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ކުރައްވާ ކެމްޕެއިން ދަތުރުތަކާއި ގުޅިގެން އެމްޑީޕީންވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާތަކަށް ރައީސް ވަޑައިގަންނަވާ ނަމަ އެ ދަތުރަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީ އެޕާޓީން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް