އިސްލާމިކް މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ވަޒީރު ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލަ ސިޓީއަކުން އިއްޔެ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން މިބާވަތުގެ މައްސަލަތައް ބަލާ އުސޫލުން މި މައްސަލަވެސް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދިން ސަބަބެއް އަދި މިހާތަނަށް ސާފެއްނުވެއެވެ.
ސިޔާސީމައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް މަރުގެ އިންޒާރުދޭ ދޭތެރެއަކުން ދެމުންދާއިއިރު، ވަރަށްފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށްވެސް ވަނީ މީހަކު މަރުގެ އިންޒާރު ދީފައެވެ. އެމީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް