ސަރުކާރު ބަންދުވިޔަސް ބުރާސްފަތި ދުވަހު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ
އައު އަހަރާއި ދިމާކޮށް ޖެނުއަރީ 2 ކަމަށްވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ނަމަވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެކަމަށެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެދުވަހު ޕާސްޕޯޓްގެ ހިދުމަތް ލިބޭނީ ހަމައެކަނި މާލެ އޮފީހުން ކަމަށެވެ.
މިގޮތުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށާއި، 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައި ހެނދުނު 8:30 އިން މެންދުރު 14:00 އަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނެކަމަށެވެ.
މީގެ އިތުރުންވެސް އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 14:00 އަށް ކަމަށާއި، މިކަމަށް ބޭނުންވާ ނަންބަރު ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް